ޚަބަރު

މަސްވެރިންނަށް ޑައިވް ޓްރޭނިން ދެނީ

މަސްވެރިންނަށް ރެސްކިއު ޑައިވާ ފެންވަރަށް ތަމްރީނު ދިނުމަށް ޑައިވް ޓްރޭނިން ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ކޮންސަލްޓަންޓުންގެ ގޮތުގައި ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އެ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައި، ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން އެއް ފަޅުވެރިޔަކީ ”ރެސްކިޔު ޑައިވާ“ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށް ރެސްކިޔު ޑައިވާ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވާ ފެންވަރުގެ ކޯސްތައް ހިންގުމަށް ބޭނުންވާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޖެނުއަރި މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގެ އެގާރަ ޖަހާއިރު ވެލާނާގެ ހަތްވަނަ ފްލޯގައި މައުލޫމާތު ސާފުކުރުމުގެ ސެޝަން އޮންނާނެއެވެ. އަދި  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނުވައެއް ޖެނުއަރީވާ އަންގާރަ ދުވަހު އެގާރަ ޖަހާއިރު ވެލާނާގެ ހަތްވަނަ ފްލޯގައެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، އެ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ޕްރޮޕޯސަލް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button