ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ހަމަނުޖެހުން ބޮޑުވެ ޕާޓީ 2 ފަޅިވެ އުފެދުނު ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީއަށް ކިޔާ ނަން އިއުލާން ކޮށްފިއެވެ. .
އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ގޮފީގެ އައު ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ފޯމު ހުށަހަޅާފައެވެ.
މުޙައްމަދު ނަޝީދު އެމްޑީޕީ ދޫކުރައްވާ އިސްވެ ހުންނަވައިގެން އުފެއްދެވި ”ފިކުރެއްގެ ދިރުން“ ފެކްޝަނުން އުފައްދަން ނިންމާފައިވާ ސިޔާސީ ޕާޓީއަށް ކިޔާ ނަން އިއުލާންކުރަށްވާ އެ ގޮފީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގޮފީގެ ސްޕޯކްސްޕާސަން އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ވަނީ އަލަށް އުފައްދާ ޕާޓީއަށް ކިޔުމައް ހަމަޖެހިފައިވާ ނަމަކީ ”ދި ޑިމޮކްރެޓްސް“ ކަމަށް ވިދާޅުވެފައެވެ.
އަފްޝަން ވިދާޅުވީ، އެ ޕާޓީ އުފެދުނީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގާއިމް ކުރުމަށް ކަމަށެވެ. އަދި ޕާޓީގެ ނަން ކަނޑައަޅާފައިވަނީވެސް އެ އުސޫލުގެ މަތިން ވަރަށް ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މީގެ އިތުރުން، އަފްޝަން ވިދާޅުވީ، ޕާޓީގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ ނަމާއި އެއްފަދައިން ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކުގެ މަތިން ކަމަށެވެ. އަފި ޕާޓީގެ މަސައްކަތް ކުރާނީ އިގްތިޞާދީގޮތުން ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
Born of a new Political Party in Maldives!
The Democrats!Congratulations @TheDemocratsMV #WeTheDemocrats pic.twitter.com/TtLM9bthgv
— Ahmed Mazin (@AchmedMazin) May 21, 2023
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މިހާރު ހިނގަމުންދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގައި ހިމެނޭ ގިނަ މެންބަރުން ތަކެއް އެ ޕާޓީން ކެނޑި، އައު ޕާޓީއެއް އުފައްދަވާނެ ކަމަށް އިއުލާން ކުރީ ފާއިތުވި ބުދަ ދުވަހުއެވެ.
އެއަށްފަހު އެ ޕާޓީއަށް ކިޔާނެ ނަމަކާއި މެދު އާއްމުންގެ މަޝްވަރާވެސް ވަނީ ހޯދާފައެވެ.
”ދި ޑިމޮކްރެޓްސް“ އިން ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.