ޚަބަރުސިޔާސީ

އިޚްލާސްތެރި މެމްބަރުން އެމްޑީޕީ އިން ވަކިވީ ޕާޓީގެ އަސާސްތައް މުގުރާލުމުން: އީވާ

ރާއްޖޭގައި އޮތް އެންމެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިޚްލާސްތެރި ގިނަ މެމްބަރުންތަކެއް ޕާޓީއިން ވަކިވީ އެ ޕާޓީ މީހުން އަބަދުވެސް ޤަބޫލުކުރަމުން އައި އަސާސްތައް މުގުރާލާފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އެޕާޓީ އިން އިސްތިއުފާދެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ދިފާއުކުރަމުން ގޮސް އެމްޑީޕީގެ އޭގެމައްޗަށް ބިނާވެފައިވާ ހުރިހާ އަސާސްތަކެއް މުގުރާލާފައިވާ ކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީގައި އެ މެންބަރުން ތިބީ އެމީހުން ޤަބޫލުކުރާ އަސާސްތަކެއް ހިފަހައްޓަމުން އައިސްފައިވާތީ ކަމަށެވެ. އަދި މިއަދު އެމްޑީޕީއަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ އިޚްލާސްތެރި މެމްބަރުންތަކެއް ޕާޓީން ވަކިވާން ޖެހުނީ އެ އަސާސްތައް މުގުރާލާފައިވާތީ ކަމަށެވެ.

”އަޅުގަނޑުމެންގެ ދާއިރާއާއި ބެހޭގޮތަކުން އަޅުގަނޑުމެންނަކަށް ވަކާލާތެއް ނުކުރެވޭ، އިންތިޚާބުވަމުން ވީ ވައުދުތަކާއި ގުޅޭގޮތުން ވަކާލާތެއް ނުކުރެވޭ، އެމްޑީޕީގެ އަސާސްތަކާއި އެއްކޮޅަށް ވަކާލާތުކުރުމަށް ފުރުސަތެއް ނުލިބޭ، ވައްކަމުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް އެއްވެސް ގޮތަކަށް އެމްޑީޕީގެ ޕީޖީ އަކުން މިހާރު ނުދޭ، ބޯހިޔާވަހިކަމުގެ ވާހަކަ، މަސްވެރިންނަށްވީ ވައުދުތަކުގެ ވާހަކަ، ދަނޑުވެރިންނަށް ވީ ވައުދުތަކުގެ ވާހަކަ، ސަރުކާރު ކުންފުނިތަކުގެ ވައްކަމުގެ ވާހަކަ، މިއިން އެއްވެސް ވާހަކައެއް. ރާއްޖޭގެ ކަނޑުވިއްކާލި ވާހަކަ. މިއިން އެއްވެސް ކަމަކަށް ބަހުސްކޮށްލުމުގެ ފުރުސަތުވެސް ނުދޭ“

އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އިވާ ވިދާޅުވީ އެމްޑީޕީން ނަގަހައްޓަމުން އައި އަސާސްތައް މުގުރާލާ ޕާޓީ ފުނޑާލީ މި ސަރުކާރާއި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު ހިންގަވަމުންދާ ޖަރީމާތައް ދިފާޢުކުރުމަށްކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދިފާއުކުރުމަށްޓަކައި މުޅި އެމްޑީޕީ ފުނޑާލައިފި، ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ފުނޑާލައިފި“ އީވާ

އެމްޑީޕީ ގެ ރައީސް ނަޝީދު ފެކްޝަން ”ފިކުރެެއްގެ ދިރުން“ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ފެށުނު މަސައްކަތާއި ގުޅިގެން އީވާ ވިދާޅުވީ އެމްޑީޕީން ނިކުމެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ފެށިގެން މި ދިޔަ މަސައްކަތަކީ ”ސިޔާސީ ކަސްތޮޅަކުން“ ލިބިގެންދިޔަ މިނިވަންކަމެއް ކަމަށެވެ. އަދި އެ މިނިވަންކަން މިހާރު އިޙުސާސް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އެމްޑީޕީ އިން ވަކިވިކަން ޢިއުލާނުކުރައްވާ އީވާ ވިދާޅުވީ  ޙަޔާތެއް އެމްޑީޕީގައި ވޭތުކުރީ ހެޔޮވެރިކަމާއި، އިންސާނީ ގަދަރާއި އަދި ކޮރަޕްޝަން ނައްތައިލުމުގެ ވަކާލާތުގައި ކަމަށެވެ. އަދި މިއަދު އެމްޑީޕީއަކީ އެ އަސާސްތަކުގެ ޕާޓީއެއް ނޫން ކަމަށްވިޔަސް އެ އަސާސްތަކާއި، އެވަކާލާތުކުރުން ދޫކޮށްލާން އޭނާ ތައްޔާރު ނޫން ކަމަށެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button