ޚަބަރުސިޔާސީ

އިތުރު 100 މީހުންނާއި އެކު އަބާން ޕީއެންސީއަށް ސޮއިކޮށްފި!

ބޮންތި ނޫހުގެ ކުރީގެ ޗީފް އެޑިޓަރ އަދި މަލަރެސް ނޫހުގެ ފައުންޑަރ އިބްރާހިމް އަބާން އަބްދުއް ލަތީިފް ޕީއެންސީއަށް ސޮއިކޮށްފިއެވެ.

އަބާން އާއި އެކު އިތުރު 100 މީހުންވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. ވޭތުވެދިޔަ 3 އަހަރުދުވަހު އަބާން ވަނީ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މަސައްކަތްކޮށްފައެވެ.ރިޔާސީ އިންތިޚާބުގެ ޒކެމްޕެއިނުގައި ވެސް ޑރ.މުޢިއްޒުގެ ކެމްޕެއިން މަސައްކަތްތަކުގައި އަބާން ވަނީ ހަރަކާތްތެރިވެފައެވެ.

އަބާން ބުނީ ޕީއެންސީއާއި ގުޅެން ނިންމީ، އެ ޕާޓީގައި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އިންތިޚާބީ ރައީސް އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީ އަކީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރާނެ މައި ޕާޓީއެވެ. ޤާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވުމުންނެވެ. އެހެންކަމުން އެ އަދަދަށް މެމްބަރުން ހަމަ ކުރުމަކީ އެ ޕާޓީގެ މުހިންމު އަމާޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button