ޚަބަރު
އިހުތިޖާޖުގެ ބައިވެރިއެއް ގަައިގައި ފުލުހަކު ޖަހައިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ
މިރޭ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ސުލްހަވެރި އިހުތިޖާޖުގެ ބައިވެރިއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމް މައި އިދާރަ ކުރިމަތީގައެވެ.
އާއިލާއިން ބުނާ ގޮތުގައި އަނިޔާ ލިބުނު އަންހެން ބައިވެރިޔާގެ ބުރަކަށީގައި ފިރިހެން ފުލުހެއް ވަރަށް ބާރަށް ޖެހުމުން ކުއްލިއަކަށް ނޭވާލާން ދަތިވެ، އަނބުރައި ގަނެގެން ވަނީ ވެއްޓިފައެވެ. އަދި ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ އެމަޖެންސީގައި ފަރުވާ ދެމުންނެވެ. މި ބައިވެރިޔާގެ އަތާއި ކޮނޑުހުޅަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެއެވެ.
ފާއިތުވެ ދިޔަ 3 ރޭ ފުލުހުން ވަނީ އިހުތިޖާޖު ހުއްޓުވުމަށް ޓަކައި ގިނަ އަދަފަކަށް ޕެޕަރ ސްޕްރޭ ބޭނުންކޮށް ވަރަށް ބޮޑެތި އަނިޔާ ދަނީ ދެމުންނެވެ.
Fuluhun nah Dhivessege gaiga gehigen nuvaane