ޚަބަރުސިޔާސީ

އިދިކޮޅުގެ އިގްތިސާދީ މެނިފެސްޓޯ: ރާއްޖެ ދަރަނިން ސަލާމަތްކޮށް، އިގްތިސާދު އަނބުރާ ކޮޅަށް ޖަހައިދިނުން

މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖެ ދަރަނިން ސަލާމަތްކޮށް، އިގްތިސާދު އަނބުރާ ކޮޅަށް ޖަހައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިގްތިސާދީ މެނިފެސްޓޯ އާންމު ކުރުމަށް އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދާ މެދު ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށްވުރެ ދަރަނި އިތުރުވެފައިވާކަމަށެވެ. މި ވެރިކަމުގައި ހަރަދު އިންތިހާއަށް އިތުރުވީއިރު އޭގެ ”އައުޓްޕުޓް“ ނުފެންނަ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތަކީ އެއީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ ކުރީ ސަރުކާރުތަކުން 40 އަހަރު ތެރޭގައި ޗާޕުކުރި ފައިސާއަށްވުރެ މި ސަރުކާރުން 5 އަހަރުތެރޭގައި ޗާޕުކުރި ފައިސާ އިތުރުކަން ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.

ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ އިގްތިސާދީ ސިޔާސަތުތައްވެސް ރޭ ހާމަ ކުރައްވައިފައެވެ. އެގޮތުން އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމާއި، އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނައުމާއި، އިގްތިސާދު އިތުރަށް ފުޅާކުރުމުން ފުރިހަމަވެގެން އަންނައިރު، ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހޭނެ ކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އިގްތިސާދު ރަނގަޅު ކުރުމަށް ކުރަން ނިންމާފައިވާ ބައެއް ކަންކަން ތެރޭގައ ހިމެނެނީި:

  •  ޑޮލަރު އެކްސްޗޭންޖް ރޭޓް ތިރިކޮށް އެއް ހަމައެއްގައި ހިފެހެއްޓުން
  •  އެމްއެމްއޭގެ ރިޒާވް އިތުރުކޮށް، ކުރިއަށްވުރެ މައްޗަށް ގެންދިޔުން
  •  އެސްޑީއެފް އަށް ޑޮލަރު ޖަމާކުރުމަށް ގާނޫނެއް ހަދައިގެން، މަހުން މަހަށް އާމްދަނީ ޖަމާވާ ފަންޑަކަށް ހެދުން
  •  ކްރެޑިޓް ރޭޓިން މަތިކޮށް އިންވެސްޓާ ކޮންފިޑެންސް އަނބުރާ ގެނައުން
  •  އެސްއީޒެޑް ގާނޫނު ތަންފީޒުކޮށް، އެސްއީޑެޑް ޒޯންތަކެއް ކަނޑައަޅައި އޭގެ ދަށުން އިންވެސްޓްމެންޓްތައް ގެނައުން
  •  އިންވެސްޓްމެންޓް ބޭންކެއް ގާއިމުކުރުން
  •  ޒުވާނުންނަށް އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނިޒާމްގެ ތެރެއަށް ވަދެވޭނެ ގޮތް ހެދުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާާއްޖޭގެ ގްރޮސް ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 594 މިލިއަން ޑޮލަރަށް ތިރިވެ، ޔޫޒަބަލް ރިޒާވްގައި ކުރިން 284 މިލިއަން ޑޮލަރުގައި ހުރި އިރު މިހާރު އެ އަދަދު 150 މިލިއަން ޑޮލަރަށް ކުޑަވެފައިވާ ކަން ޑރ. މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ. ޑރ. މުއިއްޒު ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ޔޫސަބަލް ރިޒާވް 500 މިލިއަން ޑޮލަރަށް ޖެއްސުމާއެކު، އެސްޑީއެފް އަށް ޖަމާކުރާ އަދަދު ވެސް 500 މިލިއަން ޑޮލަރަށް މަތިކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button