ޚަބަރުސިޔާސީ

ޑރ. މުއިއްޒުގެ ވޯޓެއް ބާތިލްކުރަން ކަރުދާސްކޮޅު ދިއްކޮށްލީ ކުރަހާފަ!

ލ.ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލާން ދިއުމުން މީހެއްގެ އަތަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފޮނަދޫގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ދެއްވުމަށް ވަޑައިގެންނެވި އެ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖުގެ ބައްޕާފުޅަށް ދިން ކަރުދާހުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގެ އެއް ފަރާތުގައި ނޫ ކުލައިގެ ގަލަމަކުން ރޮނގެއް ޖަހާފައެވެ.

ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުގައި ތިބި މީހުންނަށް ދައްކައި ކަރުދާހުގެ ފޮޓޯ އެމީހުންވަނީ ނަގައި އާންމުކޮށްފައެވެ. އެއާއެކު އާންމުން ނުރުހުން ފާޅުކޮށް އަޑުގަދަކުރަން ފެށުމާއެކު އެވޯޓު ފޮށީގެ ވޯޓުލުންވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.

މި މައްސަލަ ކުރިމަތިވީ ފޮނަދޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން ނަންބަރު 3 ވަނަ ފޮށީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button