ޚަބަރު

ލީބިޔާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނާނަން: މޫސާ ޒަމީރު

ލީބިޔާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރު މިހެން ވިދާޅުވީ ލީބިޔާގެ މިނިވަންކަމުގެ މުނާސަބަތުގައި، ލީބިޔާ ސްޓޭޓްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ނަޒްލާ އެމް.އެލް މަންގޫޝްއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ވަނީ ލީބިޔާގެ 72 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ލީބިޔާގެ ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

މިނިސްޓަރުގެ މެސެޖުގައި “ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަޅުގަނޑު ދެމިހުންނާނަން“ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ މެސެޖުގައި ލީބިޔާގެ ރައްޔިތުންނަށް ސުލްހަ މަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button