ޚަބަރުސިޔާސީ

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރަން ނިންމައިފި

ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ވެމްކޯއިން ނިންމައިފިއެވެ.

 

ވެމްކޯއިން ނެރެފައިވާ ބަޔާނެއްގައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ހިދުމަތުގެ ފީ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

 

މީގެ ކުރިން ޓްރާންސްފަރ ސްޓޭޝަންތަކަށް އާންމުން ގެންނަ ކުންޏަށް ނަގަނީ ޓަނަކަށް 1060 ރުފިޔާ އެވެ. މާރިޗް މަހުން ފެށިގެން މި ފީ ކުޑަ ކުރަން ނިންމާފައި ވަނީ 750 ރުފިޔާއަށެވެ. އަދި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކުން، ކުނި އުކާލަން އަންނަ ކޮންމެ އުޅަނދަކަށް އާންމުންނަށާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފަރާތުން ނަގާނީ 150 ރުފިޔާއެވެ.

 

މާރިޗް މަހުން ފެށިގެން މާލެ ސަރަހައްދުގައި ވެއި ބްރިޖް ގާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ އުޅަނދުތަކުން ފީ އެއްގެ ގޮތުގައި ނަގާނީ، ގެންނަ ކުނީގެ ބަރުދަނަށް ބަލާ ޓަނަކަށް 750 ރުފިޔާއެވެ. މި ފެސިލިޓީތަކަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޗާޖުކުރާނީ 2660 ރުފިޔާއެވެ. އަދި ވެއި ބްރިޖް ގާއިމްވެފައި ނުވާ ފެސިލިޓީތަކުން އާންމުންގެ ފަރާތުން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އުޅަދަނކަށް ނަގާނީ 750 ރުފިޔާއެވެ.

 ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަކީ ރައީސް ގެ ރިޔާސީ ވައުދުފުޅެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button