ޚަބަރުސިޔާސީ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށްޓަކައި ޑރ. މުއިއްޒުއަށް ވޯޓުދެއްވާ: މެޑަމް ފާތުން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒަށް ވޯޓުދިނުމަށް ރައީސް ޢަބްދުﷲ ޔާމީން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވީޑިއޯ މެސެޖެއްގައި މެޑަމް ފާތުން ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވަނީ އެމަނިކުފާނު ރާއްޖޭގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަމަށާއި އެމަނިކުފާނު އެ މަސައްކަތްޕުޅު ނުކުރެއްވިނަމަ އެމަނިކުފާނު ޖަލަށް ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މި ސަރުކާރު އަޑީގައި އޮވެގެން އިއްވާފައިވާ އަނިޔާވެރި ހުކުމުން ސަލާމަތްވެވަޑައިގެން މިނިވަންވެވަޑައިގަތުމަށް އޮތް އެންމެ ފަހި ފުރުސަތަކީ އަންނަ ހޮނިހިރުދުވަހު ނަގާ ވޯޓުގައި ރައްޔިތުން ޑރ. މުއިއްޒަށް ވޯޓުދެއްވުން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނު ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި މާދަމާ ޑރ. މުއިއްޒަށް ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވުންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button