ޚަބަރުސިޔާސީ

ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

ތެލަސީމިއާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ

އެމަނިކުފާނު މިހެން ވިދާޅުވީ، ނެޝަނަލް ތެލަސީމިއާ ކޮންފަރެންސް 2024 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލީގެ މީހުންނާއި ކުދިންނަށް ހާއްސަކޮށްގެން ހިދުމަތްތަކެއް ދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ހުޅުމާލެ ފޭސް 2ގައި ހޮސްޕިޓަލެއް ގާއިމުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ނެޝަނަލް ތެލަސީމިއާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ، ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން އަވަސް މުސްތަގުބަލެއްގައި އެ ހޮސްޕިޓަލު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލުއިގޮތްތަށް ހޯދައި ދިނުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް ދެން“ ނައިބުރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ހަމައެފަދައިން ތެލަސީމިއާ ކުދިންނަށް ސަރުކާރުން ދޭން ފަށާފައިވާ ހިދުމަތްތަކުގެ ތެރޭގައި އެ ފަރާތްތަކަށް ބޭނުންވާ ބޭސް ފަސޭހައިން ފޯރުކޮށްދިނުމަށް ޓަކައި އަތޮޅުތެރޭން އެ ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button