ޚަބަރުސިޔާސީ

މިމަހުގެ ނިޔަލަށް ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަރުހަލާ ފެށޭނެ: ރައީސް

މުއްދަތެއް ނެތްގޮތަށް ތަހުގީގަށް ބަންދުކުރާ މައްސަލަ ހައްލުކޮށް ވާނުވާ ބަންދު ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ފަށައި، އެކަމަށް އަމަލީ ސިފައެއް ގެންނަވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ދާދިފަހުން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވިގޮތުގައި ކުށް މަދުކުރެވޭނީ، ކުށް ކުރާ މީހުނަށް ރަނގަޅު މަގު ދައްކައިދީ، އަދަބު ދެވޭ މިންވަރު މަދުކޮށް، ބަންދުގައި ބައިތިއްބާ ޖަލުފަދަ ތަންތަން ޒަމާނީކޮށް ހިންގައި، އިސްލާހީ އެޖެންޑާއެއް ތަންފީޒު ކޮށްގެނެވެ.

ހާއްސަގޮތެއްގައި ރިޔާސީ އިންތިހާބުގަައި ވެވަޑައިގެންނެވި ވައުދު ކަމުގައިވާ ވާނުވާ ބަންދުން އާންމުން ވީއްލިފައިވާ ދިވެހީންގެރާއްޖެއެއް ހޯދުމަށް އެ ނިންމެވުން އެމަނިކުފާނު ނިންމެވީކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button