ޚަބަރު
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
މޯލްޑިވިއަން ސައިކްލޮޖިކަލް އެސޯސިއޭޝަނުން އިސްނަގައިގެން، ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހާއްސަ ”މެންޓަލް ހެލްތް ޑޭ ރަން/ވޯކް“ އިވެންޓް މިމަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް އެ އެސޯސިއޭޝަނުން ހަމަޖައްސައިފިއެވެ.
މި ހިނގާލުމުގެ ބޭނުމަކީ، ނަފްސާނީ ބައްޔާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި އަދި ނަފްސާނީ ކަމަކީ މުހިންމު ކަމެއްކަން އަންގައިދިނުންކަމަށް މި އިވެންޓް ބާއްވާ ފަރާތުން ވިދާޅުވިއެވެ.
މި ދުވުން ނިންމާ ފުރަތަމަ 100 ފަރާަތަކަށް މެޑަލް ލިބޭނެކަމަށާއި އަދި ލިންކުން ރަޖިސްޓްރީ ކޮށްލުމުން ހިލޭ ޓީޝާޓު ލިބޭނެކަމަށް މި އިވެންޓް ކުރިއަށް ގެންދާ ފަރާތުން މައުލޫމާތުދެއްވައެވެ.