ޚަބަރުސިޔާސީ

ބަޖެޓު ހަމަޖެހުނުހާ އަވަހަށް ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތް ފަށާނަން: އީސީ

ބަޖެޓު ހަމަ ޖެހުނުހާ އަވަހަށް ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓު ނެގުމަށް މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އިލެޝަންސް ކޮމިޝަން (އީސީ)އިން މިހެން ބުނެފައިވަނީ އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މަޖިލީހުން ހުށައެޅި ގަރާރުގައި އަންނަ އޮކްޓޫބަރު 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ބަޔާންކުރާކަމަށާއި، މިކަމާއި ގުޅިގެން އެކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށާއި ކޮމިޝަނުގެ މެންބަރުން މަޝްވަރާކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގައި އެ ވޯޓު ނެގުމަށް ކަމަށެވެ.

ފުއާދު ވިދާޅުވީ ނަމަވެސް ބަޖެޓުގެ ދަތިކަން އޮތްކަމަށާއި ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާކުރަމުން އަންނަކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އިލެކްޝަން ކޮމިޝަންގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ.

އެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް މިހާރު އެކުލަވާލެވިފައިވާކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ގަވައިދު ގެޒެޓްކުރަން ފޮނުވޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button