ޚަބަރުސިޔާސީ

ކޮލަމާފުށީ ޑިމޮކްރެޓްސް މެމްބަރުން ޑރ.މުއިއްޒަށް ތާއީދުކުރަން ނިންމުން!

ގއ.ކޮލަމާފުށީގައި ތިބި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމައިފިއެވެ.

ކޮލަމާފުށީގައި ތިބި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޓީމުތަކާއި އެކު މަސައްކަތް ކުރަން ފަށާފައެވެ. އަދި ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ތާޢީދުކުރަން ނިންމީ އެ ރަށުގައި ތިބި ޑިމޮކްރެޓްސް މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ މެޖޯރިޓީ އޮތުމުންނެވެ.

ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން މިހާރު ޑރ. މުއިއްޒުއަށް ފާޅުގައި ތާޢީދުކުރަމުންދާ އިރު، ކުރިން އެމްޑީޕީއަށް ތާޢީދު ކުރެއްވި ކޮލަމާފުށީ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ނީނާ އިސްމާއިލްވެސް ވަނީ ޕީޕީއެމާ ގުޅިފައެވެ. އަދި ކޮލަމާފުށީގެ ބައެއް ޒުވާނުންތައް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button