ގަލޮޅު ކަންމަތީ އެމްޑީޕީ އެންމެ ވަރުގަދަ ބޭފުޅުންގެ ތާއީދު ޑރ. މުއިއްޒުއަށް
ގަލޮޅު ކަންމަތީގެ އެންމެ ވަރުގަދަ އެމްޑީޕީގެ އިސްބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.
ގަލޮޅު ކަންމަތީގައި އޮތް ކަންމަތީ ބައްދަލުވުމެއްގައި އެސަރަހައްދުގައި މީގެ ކުރިން އެމްޑީޕީއަށް އެންމެ ވަރުގަދައަށް މަސައްކަތް ކުރި ގިނަ ބޭފުޅުން ވަނީ ޑރ. މުއިއްޒު އެންޑޯސް ކުރައްވާފައެވެ. އަދި ގަލޮޅުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ އަންހެން ކަނބަނލުން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށް މިއަދު ބޭއްވި އިވެންޓުގައި ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބޭފުޅުން ވަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގައި މީގެ ކުރިން އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.
މުއިއްޒަށް ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައި– ގުސްދޫސް ކަޅޭ،–އަލީ ޝަރީފް،ހަސަން ސައީދު، އޭނާއަކީ އެމްޑީޕީ މަތިވެރި ދާއިރާގެ ކުރީގެ ރައީސެވެ.އަންވަރު، ހަމްޒާ، އޭގެއިތުރުން ފާތިމަތު ހީނާ ހިމެނެއެވެ.
މުއިއްޒު ވަނީ މިބޭފުޅުނަށް މަރުހަބާ ދަންނަވާފައެވެ. ކޮންމެ ޕާޓީއަކަށްވެސް އަދި ކޮންމެ ފިކުރެއްގެ ބޭފުޅުންނަށްވެސް ހަމަހަމަ ކަމާއިއެކު ޚިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޭނާ ދެއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވެސް ވަނީ ރޭ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އާއި ކުރީގެ ކުޅިވަރު މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.