ރިޕޯޓް

ފާހަގަކުރަންވީ ފަތުރުވެރިކަން ބޯއިކަޓް ކުރަން ގޮވި ދުވަހެވެ.

މިއަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަހެވެ. މިދުވަސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ 1972 ވަނަ އަހަރުގައެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ހުޅުވުނު ރިސޯޓަކީ ކުރުނބާ އައިލެންޑް ރިސޯޓެވެ. އަހަރަކަށްވުރެ އަހަރެއް ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަ ވަމުން ދިޔަ ސަބަބަކީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމެވެ. މުތްތަކެއްހެން އެތުރިފައިވާ މި ކުދި ކުދި ރައްތައް، ފަރުތައް އަދި މޫދު މީ ، ފަތުރުވެރިން ބަލާ ފޫހިނުވާފަދަ ތަންތަން ކަމަށް އެމީހުން ބުނަމުން ދާއިރު ފަތުރުވެރިން ސިފަކުރަނީ ރާއްޖެ މީ ދުނިޔެމަތީ ސުވަރުގެ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ ވަނީ ދުނިޔޭގެ މުޅި ސަމާލުކަން ހޯދާފައެވެ. 2 އަހަރު ވިދިވިދިގެން ”ވޯލްޑް ލީޑިން ޑެސްޓިނޭޝަން“އަދި” ވޯލްޓް ޓްރެވަލް އެވޯޑް “2021 ގައި ހޯދާަފައި ވާއިރު 18 ޤައުމަކުން ވަނީ މި އެވޯޑަށް ވާދަކޮށްފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ކުރިއަރަމުންދާކަން ފެނިގެންދާ ކަމަކީ ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ  ފަތުރުވެރިންގެ ނިސްބަތް އިތުވެގެން ދާކަމެވެ.

ރާާއްޖެ އަދި މުޅި ދުނިޔެއައް އައި އެންމެ ބޮޑު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ފަތުރުވެރިކަމުގެ ސިނާއަތައް ކުރި އަސަަރުން ރާއްޖޭގެ އިޤްތިޞާދު ދިޔައީ ވަރަށް ބޮޑައް ވަޅު ޖެހިގެންނެވެ. މި ބަލިމަޑުކަމުން އަރައިގަންނަން 2 އަހަރު ދުވަހުގެ މުއްދަތެއް ހޭދަވެގެން ދިޔައިރު އަދިވެސް ބޭރުގެ ބައެއް ޤައުމުތަކުން ބޯޑަރު ބަންދުކޮށް ރާާއްޖެއަށް ވަނީ ދަތުރުތައް ނުފަށައި މަޑު ޖައްސާފައެވެ. ރާއްޖޭގެ ބޯޑަރުތައް 2021 މާރޗް 27 ގައި ބަނދުކުރުމަށްފަހު އަލުން ހުޅުވާލީ 4 މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް އަނެއްކާވެސް ރާއްޖެ އަންނަ ފަތުރުވެރިން ދަނީ ގިނަވަމުންނެވެ. މިދިޔަ މުއްދަތުގައި މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، އިނގިރޭސި ވިލާތް އަދި ރަޝިޔާއިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު ކަމަށްވާ ޗައިނާ، 2021 ގައި ބޯޑަރު ބަންދު ކުރުމަށްފަހު 2022 ގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި އެޤައުމުން ބޯޑަރުތައް ހުޅުވާލައި މި މަހުގައި ރާއްޖެއަށް  ދަތުރުތައް ފަށާނެކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ދާދި ފަހަކުން ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ އެންމެ މުހިންމު ދާއިރާކަމަށްވާއިރު، ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވާލާ އެމްޑީޕީ ސަރުކާރުގެ ގިނަ މަޖިލިސް މެންބަރުން އަދި އިސް ވެރިން ވަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކެންޕެއިން ކުރައްވާފައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ ރައީސް ސޯލިހެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން އެމްޑީޕީ އިން ފަތުރުވެރިކަން ބޮއިކޮޓް ކުރަން ނުގޮވާނެކަމަށް ވިދާޅުވެ ރައީސް ސޯލިހި ވަނީ ނޫސްވެރިންގެ ބައްދަލު ވުމެއްގައި އިތުރުފުޅު ހައްދަވާފައެވެ.

ރައީސް ސޯލިހު އިސްވެ ހުންނަވައި މީގެ ކުރިން އެމްޑީޕީއިން ފަތުރުވެރިކަން ބޯއިކަޓް ކުރަން ގޮވިއިރު، ފަތުރުވެރިކަމަށް 50 އަހަރު ފުރިގެން މިއަދު އެކަން ފާހަގަކުރާނެ ކަމެއް ނެތެވެ. ފަތުރުވެރިކަން ބޯއިކަޓް ކުރަން އެމްޑީޕީއިން ގޮވާލި ގޮވާލުން ފާހަގަކުރުންވެސް އެމްޑީޕީއަށް މާ އައުލާކަން ބޮޑެވެ. އެހެނީ އެއީ ރާއްޖެއަށް ހެޔޮ އެދޭ ބަޔަކު ސިޔާސީ މަންފާއަށް ކުރާނެ ބާވަތުގެ ކަމަކަށް ނުވާތީއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button