ޚަބަރު

ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގުރާމެއް ފަށައިފި

މާލެ ސިޓީގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުރިހާ މަގުތަކުގެ ފެން ހިންދާ ކާނުތައް ސާފުކުރުމުގެ ހާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.

އެ ޕްރޮގުރާމަކީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލާއި، ސިއްހީ ވުޒާރާ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މިއީ މާލޭގެ ބުލޮކުވެފައިވާ ކާނުތައް ސާފުކުރުމަށް އެއް ހަފްތާގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

އެ ޕުރޮގުރާމު ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ފަހުން މާލެއަށް ކުރި ވިއްސާރަގައި ފެންބޮޑުވި އެއް ސަބަބަކީ މަގުތަކުގައި ރަނގަޅަށް ފެން ހިނދޭ އިންތިޒާމެއް ނެތުމުގެ ސަބަބުން ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button