ޚަބަރުސިޔާސީ

ޖާބިރާއި އޭނާގެ ދަރިފުޅަށް މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޓިކެޓު ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރާއި އޭނާގެ ދަރިފުޅު އަހްމަދު މުއާޒު ޢަބްދުﷲ ޖާބިރަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުވެވަޑައިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން އެ ޕާޓީގެ ޓިކެޓު ލިބިވަޑައިގެންފިއެވެ.

ޖާބިރު ވާދަކުރެއްވީ އޭނާ މިހާރުވެސް ތަމްސީލުކުރައްވާ ކާށިދޫ ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓު ޖާބިރު ކާމިޔާބު ކުރެއްވިއިރު، އޭނާ ކުރިން އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 2019 ވަނަ އަހަރުގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގަތުމުން އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވައިގެންނެވެ.

ޖާބިރަށް ޓިކެޓު ކަށަވަރުވެފައި ވާއިރު މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބުކުރެއްވީ އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ޖާބިރެވެ. އޭނާ އެ ދާއިރާގެ ޓިކެޓު ކާމިޔާބުކުރެއްވީ މަހިބަދޫއަށް ނިސްބަތްވެވަޑައިގަންނަވާ 4 ކެނޑިޑޭޓުންނާ  ވާދަކުރެއްވުމަށް ފަހުއެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި އަހުމަދު މުއާޒްއާއެކު ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ އދ. މަހިބަދޫ ފަރުދާ، ހައްވާ ރާޝިދާ އާއި އދ. މަހިބަދޫ، ޖަނަވަރީގެ، ބުންޔާމިން ހަސަނާއި އދ. މަހިބަދޫ، ނަންރީތިގެ އަބްދުލްޖަލީލް އިބްރާހިމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button