ޚަބަރުސިޔާސީ

މި ސަރުކާރުން ފަންނުވެރިންނަށް ކުރިއަށްދެވޭނެ މަގު ހަގީގީ މާނައިގަ ހޯދައިދޭނަން: ރައީސް

ފަންނުވެރިންނަށް ކުރިއަށްދެވޭނެ މަގު ހަގީގީ މާނައިގައި ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.
ސަލްޓަންޕާކުގައި ކުރިއަށްދިޔަ ’އަހާ‘ ސިލްސިލާގެ ދެވަނަ ފޯރަމްގައި ކަނބަލަކު ވަނީ ރާއްޖޭގައި ޕާފޯމިންގ އާޓިސްޓުންނާއި ކޮރިއޯގްރާފަރުންނަށް އެކަށީގެންވާ ފުރުސަތުތައް ސަރުކާރުތަކުން ނުދެއްވަނީ ކީއްވެތޯއާއި ފަންނުވެރިކަމުގެ ދާއިރާގައި މި މުހިންމު ދާއިރާތަކަށް އެހީތެރިވުމާއި ކުރިއެރުވުމާގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލު ދަންނަވައިފައެވެ.
ރައީސް ވިދާޅުވީ ފަންނުވެރިންނަށް ކުރިއަށްދެވޭނެ މަގުަފަހިކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާނެ ކަމަށާއި އެ މަަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އަދި އެކަމާ ގުޅޭ ޚާއްސަ ވިލެޖެއް ނޫނީ ސެންޓަރެއް ގާއިމުކުރާ ގޮތަށް ކަނޑައަޅުއްވާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުރީގައި ކަންކަން ވީހެން ދެން ނުވާނެ ކަމަށާއި ޕާފޯމިންގ އާޓިސްޓުންނާއި ކޮރިއޯގްރާފަރުން އަދި ޖުމްލަކޮށް އެކިކަހަލަ ފަންނުވެރިންނަށް ކުރިއަށްދެވޭނެ މަގު ހަގީގީ މާނައިގައި ފަހިކޮށްދެއްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button