ޚަބަރުސިޔާސީ

ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދުވެސް އިސްތިއުފާދެނީ!

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި އަހްމަދު މުހައްމަދުފުޅު މަޤާމުން އިސްތިއުފާ ދެއްވަން ހުށަހަޅައިފިއެވެ.

ރައީސް ޞާލިހްގެ ސަރުކާރުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު  ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަނުކުރި އަހްމަދު މުހައްމަދުފުޅު މިއަދު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މަޤާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިގެންދާ މިދަނޑިވަޅުގައި ގިނަ ބޭޅުޅުން ދަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން ކޮރަޕްޝަންގެ ބޮޑު ހާއްޔެއް ކަމަށްވާ ފެނަކައިގެ އެމްޑީ ސައީދުވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button