ޚަބަރުސިޔާސީ

ކޮމިޝަނަރ ހަމީދު ރިޓަޔަރ ކޮށްފި!

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ސީޕީ ހަމީދު ރިޓަޔަރކުރައްވާފައިވަނީ އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.  މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހަމީދު ކުރެއްވި ބުރަ މަސައްކަތް ވަރަށް ގާތުން ފެނިފައިވާކަމަށެވެ. އަދި ބައިމިލިއަން ހަމަނުވާ ދިވެހި މިގައުމުގެ ފުލުހުންގެ މިފޯސް ލީޑުކުރަމުންގޮސް ސެކަންޑް ޖެނަރޭޝަނަށް މީހުން ތައްޔާރުކުރެވުން އެއީ ވަރަށް ބުރަ، މިންނަތް އަދި ވަރަށް ކޮމިޓެޑް މަސައްކަތްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާ އެކު މަސައްކަތް ކުރެއްވުނު ކަމަށާއި ކޮންމެ ފުލުހަކު ވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާ އެކު މަސައްކަތް ކޮށްފައިވާ ތަން ކަމަށެވެ.

މި ރަސްމިއްޔާތުގައިި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ހަމީދުގެ އާއިލާ މެމްބަރުން އަދި މިނޫނަސް މަތީ އެތައް ފަރާތްތަކެއް ބައިވެރިވެލެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button