ޚަބަރުސިޔާސީ

މަސްވެރިކަން ކުރަމުން ދިޔަ ދިވެހި ދޯންޏަކަށް އަރައިގެން އުޅެނީ އިންޑިއާ ސިފައިން: މަސްވެރިންގެ ޔޫނިއަން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި ދޯންޏަކަށް އަރައިގެން އުޅެނީ އިންޑިއާ ސިފައިންގެ ބައެއްކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏަކަށް ބޭރުގެ ސިފައިންގެ ބަޔަކު އަރައިގެން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

 

ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ރާއްޖޭގެ މަސް ދޯންޏަކަށް އަރައިފިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ހާދިސާ ހިނގި ސަރަހައްދަށް ކޯސްޓުގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

 

މިކަމާ ގުޅިގެން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެރީ އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް ކަމަށެވެ. އަދި އިންޑިއާ މަނަވަރެއްގެ ސިފައިން އެ ދޯންޏަށް އަރާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނުމާއެކު މަސްވެރިންގެ ޔޫނިއަނުން ގޮވާލާފައިވަނީ އެކަން ބަލައިދިނުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button