ޚަބަރުސިޔާސީ

ކެމްޕެއިން ކުރަމުންގޮސް ނާޒިމްގެ އެމްއެންޕީން އެންމެ ފަހުން ފަޅާލީ ފެންހޮޅި

އެމްއެންޕީއިން މާލޭގެ މަޖީދީ މަގުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ބޯޑެއް ހަރުކުރުމަށް ބިމަށް ދަނގަޑު ހޮޅިއެއް ޖަހަން އުޅުމުގެ ތެރޭގައި ފެން ހޮޅިއެއް ފަޅައިގެން ހިނގައްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިކަން ކަށަވަރުކުުރުމަށްޓަކައި ”ބޮންތި“ ނޫހުގެ ފޮޓޯގްރާފަރެއް އެ ސަރަހައްދަށް ރޭ ވަނީ ވަގުތުން ގޮސްފައެވެ. އަދި އެވަގުތު އެ މަސައްކަތުގައި ތިބި ނާޒިމްގެ މުވައްޒަފުން ވަނީ ”ބޮންތި“ ނުހަށާއި، ފޮޓޯގްރާފަރާށް އިންޒާރުދީ ވީޑިއޯކޮށް ފޮޓޯ ނުނެގުމަށް އަންގާފައެވެ. އަދި އެތަނުގެ މުވައްޒަފަކު ވަނީ ހަޑި ހުތުރު ބަހުން ވާހަކަވެސް ދައްކާފައެވެ.

ފެންހޮޅި ފަޅައިގެން ދިއުމުގެ ސަބަބުން ގިނަ އަދަދެއްގެ ސަޕްލައި ފެން މަގަށް ލީކުވެފައިވެއެވެ.

ފެން ހޮޅީގެ މައްސަލަ އެމްއެންޕީން ހައްލު ކޮށްފައިވާއިރު ގިނަ އަދަދެއްގެ ފެން މަގުމައްޗަށް އިސްރާފުވެ، އެކަމުގެ ހަރަދަށް އެޕާޓީން ޒިންމާވިކަމެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button