ޚަބަރުސިޔާސީ

ރަސްމާލެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާނެ: ރައީސް

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ’ރަސްމާލެ‘ ސިޓީގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ބޯހިޔާވަހިކަމުގެ ”ޓޯޓަލް ސޮލިއުޝަން“ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅަކީ، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ މަސައްކަތް ކުރަން ފަށާފައިވާ މަޝްރޫޢުއެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނުމަށް ފަހު ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ބަހާލައިފައެވެ.

ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ. އެ މަޝްރޫއުގެ މާ ގިނަ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިވާ ނުވާ އިރު، ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ.

މިކަންކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށަން ނިންމީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނެ މަޝްރޫއުއަށް ވާތީ ކަމަށެވެ.

Fushidhiggaru falhu mashrooge massala eh ACC inn balanee”އެއީ މިހާރު މި އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް. އޭގެ އިތުރަށް ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ހަޔާތަށް ހަދިޔާކުރެވޭނެ. އަޅުގަނޑުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން،“ ރައީސް ވިދާޅުވި އެވެ.

 

މި ކަންކަން ކުރެވޭނީ ބަޖެޓު ލިބިގެން ކަމަށާއި އެކަމަކު މި ފަދަ ފުން ހައްސާސީ މައްސަލައަކަށް ހިމެނިފައިވާ ބަޖެޓު އޮތް ގޮތަށް އުނިކޮށްލުމުން ސުވާލު އުފެދޭ ކަމަށް، ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ ”ކަންގަތި އެވޯޑް“ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button