ޚަބަރުސިޔާސީ

ގެމެނެފުށީ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަސަދު ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ގެމެނެފުށީ ދާއިރާއަށް ޕީޕީއެމްގެ ޔޫތު ވިންގުގެ ކުރީގެ މެންބަރު އަސަދުﷲ ޝިހާބް ވާދަކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމްގެ ޒުވާން ލަޝްކަރުން ފެނިގެންދިޔަ އަސަދަކީ އެޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ގާބިލް ޒުވާނުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅެވެ. 2018 2013, ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބާއި، ނިމުނު ރިޔާސީ އިންތިހާބުގައި އަސަދު ވަނީ އަމަލީގޮތުން ޕީޕީއެމް ޕީއެންސީ ކެމްޕެއިންގައި ހަރަކާތްތެރިވެފައެވެ. އަދި އެ ދެ އިންތިހާބަށް އޭނާ ވަނީ ފަންޑުވެސް ކުރައްވާފައެވެ. ހާއްސަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމުގައި އަސަދަކީވެސް އިސް ދައުރެއް އަދާ ކުރެއްވި ޒުވާނެކެވެ.

އަސަދަކީ ތައުލީމީގޮތުންނާއި ވިޔަފާރީގެ ރޮނގުން ގާބިލް ޒުވާނާކަށް ވާއިރު، އޭނާގެ މައިގަނޑު އަމާޒަކީ ދާއިރާގެ ރައްޔިތުންގެ މެދުގައި އިގްތިސާދީ އަދި އިޖްތިމާއީ، ގިނަ ހަރަކާތްތަކެއް ހިނގާނެ ފަހި ފުރުސަތުތައް ގާއިމްކޮށްދިނުމެވެ. އަދި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ދާއިރާގެ ދައުރު ފުޅާކޮށް، ޖުމްލަ ގޮތެއްގައި ހައްލު ގެންނަންޖެހޭ ކަންކަމަށް ވަކާލާތުކުރައްވައި، އެކަންކަމަށް އަމަލީ ސިފައެއް ގެނައުމަކީވެސް އަސަދުގެ އަމާޒެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button