ޚަބަރުސިޔާސީ

ޕޮލިސް ބޯޑުގެ ޝަކުވާ، ހޯމް މިނިސްޓްރީގެ އިހުމާލު

ހޯމް މިނިސްޓްރީން ޕޮލިސް ބޯޑުގެ އެންގުންތަކަށް ނުކިޔަމަންތެރިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅައިފިއެވެ.

މި ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ދިވެހި ފުލުހުންގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ބެހޭ ގޮތުން ޕޮލިސް ބޯޑުން ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ޕޮލިސް ބޯޑުގެ ޝަކުވާއަކީ އެ ބޯޑުން އަންގާ ކަންކަމަށް ހޯމް މިނިސްޓްރީން ނުކިޔަމަންތެރިވާ މައްސަލައެވެ.

އެ މައްސަލައިގައި ޕޮލިސް ބޯޑުގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ވަކިވަކިން ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި އެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އެފަރާތްތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމާބެހޭ ކަރުދާހެއް މިހާރު އެކުލަވާލާފައިވާއިރު އެ މައްސަލައަށް ގޮތެއް ނިންމާނީ އެ ތިން ފަރާތާ އެއްކޮށް ބައްދަލުކޮށް މައްސަލަތަކާމެދު ވާހަކަދެއްކެވުމަށްފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާތަކުގައި އެ ތިން ފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތަށް ކުރައްވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑު ކަމަށްވާއިރު ފުލުހުންގެ ކަންކަމާމެދު އެ ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ސީދާ ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

ނިމިދިޔަ ފަސް އަހަރު ހޯމް މިނިސްޓްރީގެ އިހްމާލު އޮތް އެތައް މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެކަމާ މާބޮޑު ސަމާލުކަމެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައި ނުވާތީ ގިނަ ބަޔަކު ދަނީ އެބޭފުޅާއަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button