ޚަބަރު

މިރޭގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި، އެންމެ ފަހުން މެދުކަނޑާލައިފި

ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން މިއަދު ބާއްވަން އުޅުނު މަޖިލިސް ޖަލްސާ ހޫނުވެ، ކުރިއަށް ނުގެންދެވި، މިރޭ20:00 އަށް ތާވަލުކުރި ޖަލްސާގައިވެސް ހައިޖާނު ބޮޑުވެ، އެންމެ ފަހުން މެދު ކަނޑާލައިފިއެވެ.

ޖަލްސާ މެދުކަނޑާލިއިރު، ރިޔާސަތުގެ މައިކްވެސް ވަނީ ނަގައިގެން ގެންގޮސްފައެވެ.

ސަރުކާރުގެ ވަޒީރު ބޭފުޅުންގެ ތެރެއިން ހަތަރު ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ނިންމައި، މިއަދު ބާއްވަން އުޅުނު ޖަލްސާގައި ހަމަނުޖެހުން ވަނީ ހިނގާފައެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުންގެ އިތުރުން ދަ ޑިމޮކްރަޓްސް އަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ވަނީ ތަޅުމުގައި ހަމަނުޖެހުން ހިނގާފައެވެ. އޭގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯފަޅައިގެން ގޮސްފައިވެއެވެ. އޭނާ ތުހުމަތު ކުރައްވާގޮތުގައި އެކަމުގައި އެންމެ އިސްކޮށް އުޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައެވެ. އެކަމަކު އީސަ އެކަން ދޮގުކުރައްވައެވެ.

ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ވަނީ ސަރުކާރުގެ ދިފާއުގައި މަޖިލިސް ކުރާ ގޭދޮށުގައި މުޒާހަރާ ކޮށްފައެވެ. މީގެ އިތުރުން ގަލޮލު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލިސް ފާރުމަތިން ބަޔަކު އަރައި، ގޯތި ތެރެއަށް އެކި ތަކެތި އުކާފައިވާކަން ބަޔާންކުރައްވައި، އެކަމުގައި ސިފައިންނާއި ފުލުހުން ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރިތޯ ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button