ކުޅުދުއްފުށީގައި 2000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ. މުއިއްޒު ވަދާޅުވީ، ކުޅުދުއްފުއްޓަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލައަށް ހައްލެއް އައުން ކަމަށާއި އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން ގެދޮރުނެތް ރައްޔިތަކު އެ ސިޓީގައި ނުހުންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.
ގޯތީގައި ގެދޮރު އިމާރަތް ކުރުމަށްޓަކައި އެމަނިކުފާނުގެ ވެރިކަމެއްގައި ދޫކުރާ އެކިއެކި ލޯނުތަކުން އެ ސިޓީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި އެ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.