ޚަބަރު

ފ. ނިލަންދޫގައި އެއާޕޯޓު އެޅުމަށް ސާވޭ ކުރަނީ

ފ. ނިލަންދޫގައި އެއާޕޯޓު އެޅުމުގެ ކުރިން ކުރަން ޖެހޭ ސާވޭތައް ކުރުމަށާއި އީއައިއޭ ހެދުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް ދާނެ ހަރަދު އެނގޭނީ އެމްޓީސީސީއާ ހަވާލު ކުރި ސާވޭތަކާއި އީއައިއޭ ހަދާ ނިމުމުން ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންގޮސް މަޑުޖައްސާލީ ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ އެއިރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް އެ ސަރުކާރުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button