ޚަބަރުސިޔާސީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް އިންޑިއާ ސަރުކާރަށް އަންގައިފި

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީގޮތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، ހިޒް އެކްސެލެންސީ މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ.މުއިއްޒުގެ އިންތިހާބީ ވައުދުފުޅެކެވެ. އިއްޔެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ޙިތާބުގައިވެސް އެމަނިކުފާނުވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ރަތް ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button