ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ނަސީމްގެ ހިޔާނާތުގެ މައްސަލައެއް ނެތްކަން އެންޓި ކޮރައްޕަޝަން ކޮމިޝަން (އޭސީސީ)ން ކަށަވަރު ކޮށްދީފިއެވެ.
އޭސީސީން މިކަން ކަށަވަރު ކޮށްދީފައި ވަނީ، 2024 ފެބްރުއަރީ 22ވީ ދުވަހު މެންބަރު ނަސީމަށް އެޑްރެސްކޮށް ކޮމިޝަނުްގެ ނާއިބު ރައީސް ޢަބްދުއްސަލާމް ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީންނެވެ.
އެ ސިޓީގައި، މެންބަރު ނަސީމަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޮމިޝަނުން ބަލަމުން ނުދާ ކަމަށް ވިދާޅުވެފައިވެއެވެ.