ޚަބަރު

ޙައްޖުގެ އަޅުކަމުގައި އުޅޭ ޙައްޖާޖީން ގެއްލޭ މައްސަލައަށް ހައްލެއް ހޯދުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަނީ

ޙައްޖުގެ އަޅުކަމުގައި އުޅޭ ޙައްޖާޖީން ގެއްލޭ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ހައްޖަށް ގެންދާ ސަރުކާރުގެ ކުންފުނި, މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ފަށައިފިއެވެ.

ޙޖުގެ އަޅުކަމުގައި 2 މިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވާއިރު ރާއްޖެއިން ވަރަށް ގިނަ ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދެއެވެ. މިހެން ގޮސް އުޅުމުގެ ތެރޭގައި, ގްރޫޕްއާ ވަކި ވެގެން ބައެއް ފަހަރު ޙައްޖާޖީން ގެއްލެއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ކުރަން ނިންމާފައެވެ. ޙައްޖު ކޯޕަރޭޝަނުގެ ވިސްނުމަކީ ފަހުގެ ސެމްސަންގް ސްމާޓް ޓެގް ބޭނުން ކުރުމެވެ. ސްމާޓް ޓެގް ބޭނުންކޮށްގެން ޙައްޖާޖީން ތިބިތަން ވަގުތުން ބަލާލެވޭނެވެ. ސްމާޓް ޓެގަކީ ޙައްޖާޖީންގެ ދަބަހުގެ ތެރެއަށްލާފައި ބާއްވާފައި އޮންނަ ގެޖެޓެއް ނުވަތަ ޑިވައިސްއެކެވެ.

”ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އެއީ އަޅުގަނޑުމެން އެންމެ ސަމާލުކަން ދޭކަންތައް. މިގޮތަށް ސްމާޓްޓެގް އޮތުމުން މާލޭގައި ތިއްބަވާ ބޭފުޅުންނަށް ހިތްހަމަޖެހުން އޮންނާނެ. ޙައްޖާޖީން ހޯދަން ޖެހޭ ހާލަތުގައި ފަސޭހައިން އެކަން ކުރެވޭނެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވެސް މި ޑިވައިސް ބޭނުންކޮށް ލޮކޭޓްކޮށްލެވޭނެ.“ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ވިދާޅުވިއެވެ.

އެކުންފުނިންވަނީ އެކަމަށް ބޭނުންވާ އާލާތްތައް ހޯދުމަށް އިއުލާންކޮށްފައެވެ.

އެކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ ސެމްސަންގް ގެލެކްސީ ސްމާރޓް ޓެގް 2، ސެމްސަންގް ގެލެކްސީ އެސް 23 އަލްޓްރާ މޮބައިލް ފޯނު އަދި އެއާ ގުޅޭ ބައެއް ސާމާނެވެ. މި ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button