ޚަބަރުސިޔާސީ

ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާއެކު ސޮއިކޮށްފި

ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ކުންފުނި، ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ސްޓެލްކޯއާއެކު ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ. މި އެއްބަސްވުމުގެ ދަށުން، ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ކުންފުންޏަށް ބޭނުންވާ ފަންނީ އެހެނިހެން އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ފެނަކައިގެ މުވައްޒަފުންނަށް ބޭނުންވާ މެކޭނިކަލް އަދި އިންޖިނިއަރިންގެ ތަމްރީނުތައް ސްޓެލްކޯއިން ދޭނެ ކަމަށާއި، މުވައްޒަފުންނަށް ބޭނުންވާ ހުރިހާ ތަމްރީނެއް ދޭނީ ހިލޭ ކަމަށެވެ.
ފެނަކައިގެ އެމްޑީ މުއާޒު ވިދާޅުވީ އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ ޕަމްޕާއި ޖަނެރޭޓަރުތައް ސާވިސް ކުރުމަށް ކަމަށެވެ. މިދިޔަ މަހު ވެސް އެކަމަށް 117 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މިވަގުތު ފެނަކަ އޮތް މާލީ ދަތި ހާލަތުން އަރައިގަތުމަށް ލިބޭނެ އެންމެ ބޮޑު އެހީއަކީ، ސާވިސް ކުރުމުގެ ހިދުމަތް ސްޓެލްކޯގެ އެހީގައި ހިލޭ ލިބިގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް ފެނަކައަށް ބޭނުންވާ އެކި ކަހަލަ އެހީތެރިކަން ސްޓެލްކޯއިން ފޯރުކޮށްދީފައިވެއެވެ،

Leave a Reply

Your email address will not be published. Required fields are marked *

Back to top button