ޚަބަރުސިޔާސީ

25 އަހަރު ފަހުން ސަރުކާރުން ހެލިކޮޕްޓަރު އޮޕަރޭޝަން ފަށަން ކެބިނެޓުން ފާސްކޮށްފި

ދައުލަތުން ހެލިކޮޕްޓަރ އޮޕަރޭޝަން އަލުން ފެށުމަށް ނިންމައިފިއެވެ.

މިއަދުގެ ކެބިނެޓް ނިންމުން އެކްސްގައި ހާމަކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން މިއަދު ނިންމީ ތާރީހީ ނިންމުމެއް ކަމުގައެވެ. އަދި ހެލިކޮޕްޓަރުގެ އޮޕަރޭޝަންގެ ހަރުދަނާ ފްރޭމްވޯކެއް ހެދި، މެޑިކަލް އިވެކުއޭޝަން ނުވަތަ ބަލިމީހުން ވައިގެ މަގުން އުފުލުމުގެ ކަންކަމާއި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލުމާއި، ފަސިންޖަރުންގެ ހިދުމަތްވެސް ދެވޭގޮތަށް އެ އޮޕަރޭޝަން ބައްޓަންކުރައްވާނެ ކަމުގައެވެ.

މީގެ އިތުރުން ސީޕްލޭން އޮޕަރޭޝަންތަކަށްވެސް އިތުރު ސަޕޯޓަކަށް މި އޮޕަރޭޝަން ހަދައި، ފަތުރުވެރިކަމުގައިވެސް ހެލިކޮޕްޓަރ ބޭނުންކުރެވޭ ގޮތަށް އިންތިޒާމް ކުރައްވާނެކަން އަމީން ހާމަކުރެއްވިއެވެ.

”މިކަން ހަގީގަތަކަށް ހަދާނީ ޕްރައިވެޓް ސެކްޓަރ އަދި ސްޓޭކްހޯލްޑަރުންނާއެކު ގުޅިގެން މަސައްކަތް ކޮށްގެން.“ އަމީން ވިދާޅުވިއެވެ.

މީގެ25 އަހަރު ކުރިން،1999 ގައި ހެލިކޮޕްރުގެ އޮޕަރޭޝަން ހުއްޓިފައި އޮތުމަށްފަހު އަލުން މި އޮޕަރޭޝަން ފުޅާދާއިރާއެއްގައި ފެށުމަށް ނިންމުމާގުޅިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ މިކަން ފާހަގަކޮށް، އެފަދަ އޮޕަރޭޝަނެއް ހިންގުމުގައި ދިމާވެދާނެ ގޮންޖެހުމަށް ފޯކަސް ކޮށްގެން ކުރިއަށް ދިއުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button