ޚަބަރު

އާސަންދައިން ބަޖެޓަށްވުރެ އިތުރަށް 487 މިލިއަން ރުފިޔާގެ ހަރަދު!

އާސަންދައަށް ކަނޑައެޅި ބަޖެޓް ހުސްވެ، އިތުރަށް 487 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ ތަފާހިސާބުތަކުން ދައްކާ ގޮތުން މިއަހަރު އާސަންދައަށް ކަނޑައަޅާފައި އޮތީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިދިޔަ މަހު 28 ގެ ނިޔަލަށް، 1.531 ބިލިއަން ރުފިޔާ އާސަންދައަށް ވަނީ ހަރަދުކޮށްފައެވެ. މާނައަކީ އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 487.6 މިލިއަން ރުފިޔާ އިތުރަށް މިހާރު ހަރަދުވެފައިވާކަމެވެ.
ސަރުކާރުން ވަނީ އާސަންދައިގެ ހަރަދު ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް ހަރަދު ކުޑަކުރާނެކަމަށް ބުނެފައެވެ. ނަމަވެސް އެކަން އެއްވެސް ވަރަކަށް ތަންފީޒުކުރެވިފައެއްނުވެއެވެ.
އާސަންދައިގެ ބަޖެޓުގެ ބޮޑު ބައެއް ހަރަދުވަނީ އިންޑިއާގެ  ހޮސްޕިޓަލްތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ ވަރަށް ގިނަ ހިދުމަތްތައް އިންޑިއާގެ ހޮސްޕިޓަލްތަކަށް ވަނީ އައުޓްސޯސްކޮށްފައެވެ.

One Comment

  1. ކަނޑައަޅާފައިވާ ބަޖެޓުގެބޭރުންކުރާ ޚަރަދަށް ހުއްދަދިން ފަރާތާ އެޚަރަދުކުރި އޮފީހެއްގެ އެކަމެއްގައި ޒިންމާވާ އެންމެހާ ފަރާތްތަކުން ޒިންމާވާންޖެހޭނެ.
    އަލަށް އުފެދޭ ސަރުކާރުން އެފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށްވެސް ގޮވާލަން.

Leave a Reply

Your email address will not be published. Required fields are marked *

Back to top button