ޚަބަރުސިޔާސީ

އެއާޕޯޓްސް ކޮމްޕެނީގެ ބޯޑުގެ މެންބަރު ކަމަށް ގާސިމްގެ ދަރިކަލުން

ބައިނަލްއަގުވާމީ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެންބަރަކަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް އާސިމް މުހައްމަދު އާއި ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ ”މިހާރު“ އިން ރިޕޯޓު ކުރިގޮތުގައި ސިޔާދު އައްޔަން ކުރީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައެވެ. އެމްއޭސީއެލްގެ ބޯޑުގައި މިވަގުތު ތިއްބަވަނީ 6 މެންބަރުންނެވެ.

އެމްއޭސީއެލްގެ ޗެއާމަނަކީ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ޔުނިވާސަލް ގްރޫޕުގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކުންފުނީގެ ޗެއާމަންކަން ކުރެއްވި އިބްރާހިމް ނޫރައްދީން ވެސް އެ ބޯޑުގައި އިންނަވައެވެ.

ސިޔާދު އެމްއޭސީއެލްގެ ބޯޑު މެންބަރަކަށް އައްޔަން ކުރި އިރު އެކުންފުނީގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި ގޯޑަން އެންޑްރޫ މަގާމުން ވަކި ކުރުމުގެ ސަބަބުން އެ މަގާމު އަދިވެސް އޮތީ ހުސްކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button