އުމުރުން 55 އަހަރުގައި ރިޓަޔާ ކުރުމުންދޭ އެލަވަންސްގެ އިދާރީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ ސުވާލުކުރުމުން ދެއްވާ ޖަވާބާ އެކު ރައީސް އޮފީހުން އާއްމު ކުރާ ސިލްސިލާ ވީޑިއޯއެއްގައެވެ.
އުމުރުން 55 ވެގެން ރިޓަޔާވާ ސިވިލް ސާވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ އެކަމާ ގުޅޭގޮތު ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އުމުރުން 55 އަހަރުވެގެން 65 އަހަރާ ދޭތެރޭގައި ރިޓަޔާވާ ފަރާތްތަކަށް އެލަވަންސެއް ތައާރަފް ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށާއި އެކަން ފުރިހަމަ ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެމަނިކުފާނު ވެވަޑައިގެންނެވި އެ ވައުދު ފުއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.