ޚަބަރުސިޔާސީ

ގދ.މަޑަވެލީގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ހަދާނަން: ރައީސް

ގދ.މަޑަވެލީގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގދ.މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަޑަވެލީގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ހަދާނެކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ބަނދަރުގެ މަސައްކަތް ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް މަޑަވެލި ބަނދަރު ހެދުމުގެ މަސައްކަތް ހިމަނާނެ ކަމަށާއި އޭގެ ކުރިން ވެސް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖެހިއްޖެނަމަ،  މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ މިއީ. އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން ބޭނުންވާ ފެންވަރުގެ ރަނގަޅު ބޮޑު ބަނދަރެއް ހަދާނަން. އެހެންވީމަ މި އަންނަ އަހަރުގެ ބަޖެޓަށް އެކަން ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަގެއް ފަހި ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއަށްވުރެ އަވަހަށް އެކަން ކުރެވޭނެ ގޮތެއް އޮތް ނަމަވެސް އުސޫލު ތަކުގެ ތެރެއިން އެކަމަށް މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
މަޑަވެލި ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ރަށުގެ ބަނދަރު ހެދުމުގެ އިތުރުން، އެ ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މަޑަވެލީގައި  ލެބޯޓަރީގެ ހިދުމަތް އިތުރު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button