ޚަބަރު

ޒުވާނުންގެ މެދުގައި ހައްޖުގެ އަޅުކަމަށް އޮންނަ ލޯބި އިތުރުވެއްޖެ: ޝަކީލު

ޒުވާނުންގެ މެދުގައި ހައްޖުގެ އަޅުކަމަށް އޮންނަ ލޯބި އިތުރުވެފައިވާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

 

އަސްލުޓީވީގެ ޕްރޮގްރާމެއް ކަމަށްވާ ’ބާބު‘ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ހައްޖުގެ އަޅުކަމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ޝަކީލު ވިދާޅުވީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު މިފަހަރު ޒުވާނުންގެ މެދުގައި ހައްޖުގެ އަޅުކަމަށް އޮންނަ ލޯބި އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ.

 

ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި އެކި މަސައްކަތުގައި އުޅޭ ދިވެހި ޒުވާނުންގެ މުސާރައިން ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ރައްކާކުރާކަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ފާހަގަކުރެއްވިއެވެ.

ފަހަށް ރައްކާކޮށް ހައްޖުވުމުގެ ޖާގަ ކަށަވަރު ކުރުމަށް ޓަކައި ކިޔު ދިގުވި ނަމަވެސް ތަންކޮޅެއް ފަހުން ހައްޖަށް ދާން ނަމަވެސް ރައްކާކޮށް ޖާގަ ކަށަވަރުކުރުމުގެ އެ އާދަ އަށަގެންނެވުން އެއީ ބޭނުންވި ގޮތް“ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލު ވިދާޅުވިއެވެ.

 

ޝަކީލު ވިދާޅުވި ގޮތުގައި އިސްލާމްކަމުގެ 5 ވަނަ ރުކުން ކަމުގައިވާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުން ދިވެހިން އަތުން ނަގާ އަގަކީ އެހެން ޖަމާއަތްތަކުން މީގެ ކުރިން ނަގާފައިވާ އަގަށްވުރެ 2 ގުނަ ހެޔޮ އަގެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button