ޚަބަރު

ނަލަހިޔާ ހޮޓަލުގައި ރޯވާން މެދުވެރިވީ ސައުނާއިން އެރި ދުމުން

ނަލަހިޔާ ހޮޓަލުގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ރައްކާކޮށްފައި ހުރި ކަރުދާސް ފޮށިތަކެއްގައި ރޯވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ނަލަހިޔާ ހޮޓަލުގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުންދިޔަ ސައުނާއެއްގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ކަރުދާސް ފޮށިތަކުގައި އަލިފާން ހިފާފައި ހުރީ އެހާ ވަރުގަދައަށް ނޫން ކަމަށާއި ރޯވަމުންދިޔަ އަލިފާން އެވަގުތު ފެންޖަހައި ނިއްވާލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާންގަނޑު ނިއްވާލި ނަމަވެސް  އެ އިމާރާތުގެ ތެރޭގައި ވަރަށް ބޯކޮށް ދުން ހުރުމުގެ ސަބަބުން ރޭ ދަންވަރާ ހަމައަށް އެތަނުން ދުން ބޭރު ކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button