ޚަބަރުސިޔާސީ

ރާއްޖެއަށް 2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ޗައިނާ ސަރުކާރުން ހަމަޖައްސައިފި

ދިވެހިރާއްޖެއަށް 130 މިލިއަން ޔޫއެސް ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ޗައިނާ ސަރުކާރުން  ހަމަޖައްސާދެއްވާފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި ޖުމްލަ 30 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ރައީސް ވިދާޅުވީ އޭގެތެރޭގައި ތަރައްގީގެ އެކި ދާއިރާތަކުން ސޮއިކުރެވުނު މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށެވެ. އޭގެތެރޭގައި ހިލޭ އެހީގެ ގޮތުގައި ގާއިމުކުރެވުނު އެއްބަސްވުންތައް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހިލޭ އެހީގެ ގޮތުގަ އެއްބަސްވުންތައް ހެދިގެންދިޔަ މި ގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ އެއީ ގާތްގަނޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފަ“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެންމެ ބޮޑު ހޭދައެއް ކުރަން ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީކުރުމަށް މި ފައިސާގެ އެހީ ހޭދަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button