އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޗީފް އިންސްޕެކްޓާ އަހުމަދު ރަޝީދު ނިޔާވެއްޖެ
ދިވެހިރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޗީފް އިންސްޕެކްޓާ އަހުމަދު ރަޝީދު ނިޔާވެއްޖެއެވެ.
ރެގިއުލޭޓާ އޮފް އޭވިއޭޝަން ސެކިރުޓީ އިން މޯލްޑިވްސް (ދާސާ) އިން ބުނީ އުމުރުން 61 އަހަރުގެ ރަޝީދު ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އޭވިއޭޝަން އިންޑަސްޓްރީގައި 42 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ރަޝީދަކީ ދާސާ ބައްޓަންކޮށް ޓީމު ވަރުގަދަ ކުރުމަށް އެހީތެރިވެދިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއް ކަމަށެވެ.
ރަޝީދަކީ އޯގާތެރިކަމުން ފުރިގެންވާ ހުރިހާ އެންމެންނާ ވެސް ގާތް ގުޅުމެއް ބޭއްވި މީހެެއް ކަމަށް ޑިފެންސުން ބުންޏެވެ. އަދި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމޫނާ ދެއްކި ބޭފުޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރަޝީދުގެ ވަކިވުން، މިނިސްޓްރީ ސިފަކޮށްފައިވަނީ ލިބުނު ގެއްލުމެއްގެ ގޮތުގައެވެ.