ޚަބަރު

ފިޝަރީޒް ކޮލެޖު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ތައުލީމީ މަސްވެރިން އުފެއްދުމަށް ޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ފިޝަރީޒް ކޮލެޖު ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު ޝިޔާމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޝެހެނާޒް އާދަމެވެ.
ތައުލީމީ މަސްވެރިންނަކީ މިއަދު ވަރަށް ބޭނުންތެރި ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސްގެ މި ވިސްނުންފުޅާ އެއްގޮތަށް މަސްވެރިންނަށް ޒަމާނީ ތައުލީމާއި ހުނަރު ދިނުމަށް މަސްވެރި ކޮލެޖެއް އުފެއްދުމުގެ އަމަލީ މަސައްކަތް ގައުމީ ޔުނިވަރސިޓީއާއެކު ފަށާފައިވާ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތަކަށް ޚާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓުކުރުމަށް ”މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން“ގެ ނަމުގައި، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފެއްދެވުމަށް ނިންމަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button