ޚަބަރު

ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އަޅަނީ

ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް ޞިއްޙަތާބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ހާމަކުރައްވައިފިއެވެ.

ޑރ. ޚަލީލު ވިދާޅުވީ އަންނަ އަހަރު އެ ހޮސްޕިޓަލުގެ މަސައްކަތް ފަށައި 3 އަހަރުގެ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެކަމަށެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުކުރެވޭނެކަމަށާއި، މި ހޮސްޕިޓަލަކީ ތިމާވެއްޓާ ރައްޓެހި ފަރުމާއަކަށް ބިނާކުރެވޭ ހޮސްޕިޓަލަކަށް ވާނެ ކަމުގައިވެސް ޑރ. ޚަލީލު ވިދާޅުވިއެވެ.

މި ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ހޮސްޕިޓަލެކެވެ. ޗައިނާގެ އިސް ފަންތީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާ ވަފުދެއް ވަނީ  ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ޚިދުމަތްތަކުގެ ފެންވަރު ބައްލަވާލައްވާފައެވެ. ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް ހިންގަމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ދަށުންނެވެ. އެ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާޤު ޙަލީމު ވިދާޅުވެފައިވަނީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކެއް ހުރިކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button