ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 18،000 ހާސް ފޯމް އިލެކްޝަން ކޮމިޝަނަށް ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ޕީއެންސީއަށް 10،000 މެންބަރުން ވަނީ ހަމަވެފައެވެ. އެހެންކަމުން ދައުލަތުގެ ފައިސާ ލިބޭ ލިސްޓަށް އެ ޕާޓީ މިހާރު ވަނީ އަރާފައެވެ. 2023ގެ ފެބްރުއަރީ 21 ނިޔަލަށް އެ ޕާޓީގައި ތިބީ 3159 މެންބަރުންނެވެ. މި ކުރިއެރުމާއެކު، މިހާރު ޕީއެންސީއަކީ ޕާޓީތަކުގެ ތެރެއިން ހަތަރުވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއެވެ.