ޚަބަރުސިޔާސީ

މި ދަނޑިވަޅުގައި މުސާރަ ބޮޑުކުރުމަކީ ގައުމު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން: އިމްނާ މުސްތޮ

އިގްތިޞާދީ ގޮތުން ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި މުސާރަ ބޮޑުކުރުމަކީ ގައުމު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމުގައި މާފަންނު ހުޅަނގު ދާއިރާގެ ރައީސް މުޙައްމަދު މުޞްޠަފާ އިބްރާހީމް (އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.

2024ގެ މަޖިލިސް އިންތިހާބުގެ މާފަންނު ހުޅަނގު ދާއިރާ ގޮނޑިއަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ މުސްތޮ މިހެން ވިދާޅުވެފައިވަނީ އެކްސް އާއި ފޭސްބުކް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

މުސްތޮ މި ޕޯސްޓު ކުރައްވާފައި ވަނީ މަޖިލިސް މެންބަރުންގެ މުސާރައަށް އައި ބޮޑު ބަދަލާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރައްވައެވެ.

މީގެ އިތުރުން މި ޕޯސްޓުގައި ”އިންޝާﷲ އަޅުގަނޑު މާފަންނު ހުޅަނގު ގޮނޑިއަށް އިންތިޚާބު ވުމުން، މާފަންނު ހުޅަނގުގެ ރައްޔިތުންނަށް ޚާއްޞަ ވެލްފެއަރ ފަންޑެއް އުފައްދާ އެ ފަންޑަށް މުސާރައަށް އިތުރުވި ފައިސާއާއެކު، ކޮންމެ މަހަކު 50000 ރުފިޔާ ޖަމާކޮށްދޭނަން. އަދި އެ ފަންޑު މެނޭޖްކުރުމަށް ދާއިރާގެ ތެރެއިން ކޮމެޓީއެއް އައްޔަންކޮށްދޭނަން“ ކަމުގައި މުސްތޮ ވަނީ ވިދާޅުވެފައެވެ.

 

މި ފޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި މާފަންނު ހުޅަނގު ގޮނޑިއަށް މުސްތޮ އިންތިޚާބު ވުމުން، މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް ޚާއްޞަ ވެލްފެއަރ ފަންޑެއް އުފައްދަވާ، މިހާރު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައަށް އިތުރުވެފައިވާ ފައިސާއާއެކު، ކޮންމެ މަހަކު 50000 ރުފިޔާ ޖަމާކޮށްދޭނެއެވެ. އަދި އެ ފަންޑު މެނޭޖްކުރުމަށް ދާއިރާގެ ތެރެއިން ކޮމެޓީއެއް އައްޔަން ކޮށްދޭނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ޕޯސްޓާމެދު ހުޅަނގު ދާއިރާގެ ވަރަށް ގިނަ ބަޔަކު ވަނީ މުސްތޮއަށް ފޯނުން ގުޅާ، ތަރުހީބުދީ، އެކަމަށް ތާއީދުކޮށް، ދާއިރާގެ ރައްޔިތުންގެ އަޑު އިއްވާފައެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބުނެ ހާމަކުރި ގޮތުގައި، އިމްނާ މުސްތޮއަކީ އިލްމީ، ގާބިލް، ހުނަރުވެރި، ދާއިރާއަށް ފަރިތަ، ދާއިރާގެ ރައްޔިތުންނާ ގުޅޭ، އެ ދާއިރާގެ ލޯތްބާ އިހުތިރާމް ލިބިފައިވާ، ހުލްގު ހެޔޮ، ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ، އެ ދާއިރާގެ ދަރިއެކެވެ. އޭގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ގޮނޑިއަށް އެންމެ އައުލާކަން ބޮޑު، 2024 މަޖިލިސް އިންތިހާބުގެ މާފަންނު ހުޅަނގު ގޮނޑި ހައްގު ހަމައެކަނި ބޭފުޅާއެވެ.

”ގައުމާއި، ރައްޔިތުންނާއ،ި ސަރުކާރަށް ވަފާތެރިވާނެ، ޔަގީންކަމާއެކު އިތުބާރު ކުރެވޭ ބޭފުޅެއް މުސްތޮއަކީ. ބޭނުމެއް ޖެހިގެން ނޫނީ ކަމަކު އެދިގެން ދާ މީހާ މުސްތޮ ގާތަށް ގޮސް އެނބުރި އަންނާނީ ހިތްހަމަ ޖެހިގެން. އެއީ ދާއިރާގެ ހިތް“ ނަން ހާމަ ނުކުރަން އެދި މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތެއްގެ ޝުއޫރު ވަނީ ފާޅުކޮށްފައެވެ.

ހަމަ އެހެންމެ، މި ޕޯސްޓާ ގުޅިގެން އެ ދާއިރާގެ ޒުވާނެއްގެ އިހުސާސްތައް ވަނީ ފާޅުކޮށްފައެވެ. ”އަހަރެންނާ އަހަރެންގެ އާއިލާ އުޅެ ބޮޑުވީ މި ދާއިރާގަ. މި ހިސާބުުގަ. މި ދާއިރާގެ ގިނަ މީހުން ދަންނަން. މިވެނި އެވެނި މީހެއް އެއީ މިވެނި ގޮތެއްގެ މިވެނި ކަހަލަ މީހެކޭ ބުނަން އެނގޭހާ ފަރިތަވާނެ އަހަރެން މި ހިސާބަށް. އަހަރެން ނުދެކެން މުސްތޮ ނޫނީ މި ހިސާބުގެ ޒުވާނުންނަށް ވިސްނާ ވަކި އިތުރު މީހެއް. ހުރިހާ ވަގުތަކު ހުރިހާ ކަމެއް އެއްވެސް މީހަކަށް ނުކޮށްދެވޭނެ، ހާލަތާ ވަގުތު ވެސް ކަންކަމުގަ އޮންނާނެ. އެއީ ވެރިއަކަށް ވިޔަސް، އަދި މުއްސަނދި ސައުދާގަރަކަށް ވިޔަސް. ހާލަތު ހުރި ގޮތަކުން ނުކުރެވޭ ކަންކަން އެހެން ގޮތްގޮތް ހޯދައިގެން ވެސް އެކަމެއް ކޮށްދޭ. އަހަރުމެންގެ ބޭނުންތަކަށް އިހުތިރާމްކުރޭ މުސްތޮ. ވާހަކަ ދައްކާ އުޅުމުގަ ވެސް ބައެއް އެހެން މީހުން ވާހަކަ ދައްކާނެ ވަރަށް ހަޑި ހުތުރުކޮށް. ވެދާނެ އަހަރުމެންގެ ސްޓައިލް ހުންނަ ގޮތުން ނޫނީ ހެދުން ހުންނަ ގޮތުން ކަމަށްވެސް. އެކަމަކު މުސްތޮ ވާހަކަ ދައްކާއިރު ހީވަނީ ގާތްތިމާގެ މީހެއް ނުވަތަ ’ބަޑީ’އަކާ ވާހަކަ ދައްކާހެން. އަސްލު އެކަކު އަނެކަކަށް އިހުތިރާމް ކުރަން ޖެހެނީ ގަމީސްލާފަ، ޓައީ އަޅާފަ، ކޯޓު ފަޓުލޫނު ލީމައެއް ނޫން. މީހާ ކޮންމެ ގޮތަކަށް ހުއްޓަސް އިހުތިރާމާއެކު އަނގައިން ބުނެލުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަސްލު ވަރަށް އުފާވޭ މުސްތޮ ވާހަކަ ދައްކާއިރު ބާއްވާ ގާތްކަމާ ކުރާ އިހުތިރާމަށް. މިހާރު މުސްތޮ އެބަ ވަރަށް މަސައްކަތް ކުރޭ އަހަރުމެން ކުޅޭނެ ދަނޑެއް ވެސް މި ދާއިރާގަ ހެދޭތޯ. އެ ފުރުސަތު މުސްތޮއަށް ލިބުނީމަ މި ދާއިރާއަށާއި އަހަރުމެންނަށް ވަރަށް ގިނަ ކާމިޔާބީ ލިބޭނެ. އަހަރެން ބޭނުމީ މި ދާއިރާ ގޮނޑީގަ މުސްތޮ އިންނަން“.

 

ދާއިރާގެ ރައްޔިތުންގެ އެދުމަކީ، ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ މުސްތޮ 2024ގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރުން ކަމުގައި ގިނަ އާންމުންގެ ފަރާތުން މައުލޫމާތު ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button