ޚަބަރު

ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފި

ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާތައް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވި ގޮތުގައި، ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ ރަސްމީ ހައްޖު ކޯޓާތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ކެބިނެޓުން ނިންމާފިއެވެ.

އެ ނިންމުމުގެ މައިގަނޑު ސަބަބަކީ، ހައްޖަށް ދިއުމަށް ރާއްޖޭގެ ގިނަ ބަޔަކު ފައިސާ ދައްކާ ރަޖިސްޓަރީކޮށްފައިވީ ނަމަވެސް ހައްޖަށް ދިއުމަށް ނަގާ މުއްދަތު ދިގުލައިގެން ދިޔަ ނުދީ އެ މަރުހަލާ ހަލުއި ކުރުމަށްކަމަށް ޝިހާބު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، އެ ނިންމުމުގެ ސަބަބުން، ހައްޖަށްދާ ދިވެހިންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ވެގެންދާނެކަމަށާއި، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އެ ނިންމުމުގެ ސަބަބުން އިތުރު ވެގެންދާނެ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button