ޚަބަރުސިޔާސީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ވަޒީފާ ހަމަޖެއްސުމުގެ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި އެއްކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހަމަޖެހޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ.

ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ވަޒީފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ ސިޔާސަތެއް ކެބިނެޓުގެ ލަފައާއި މަޝްވަރާގެ މަތިން ރައީސް ފާސްކުރައްވާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ. އެ ސިޔާސަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ތަންފީޒުކުރާ ބޮޑު ސިޔާސަތެއް ކަމަށްވާތީ އެ ސިޔާސަތަށް އިތުރު އިދާރާތަކާއި ވުޒާރާތަކުން އިތުރުކުރަންޖެހޭ ކަންކަން ހުށަހަޅައި އެކަންކަން އެ ސިޔާސަތުގައި ހިމެނުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ނިންމާފައިވާކަމަށް ޝަހީބު ވިދާޅުވިއެވެ.

އެހެންކަމުން އިމާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ބަދަލުތައް ގެނެސް އިމާރާތްތަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނުމަށް ހުންނަ ދަތިތައް މަދުކުރެވިގެންދާނެ ކަމުގައި ޝަހީބު ވިދާޅުވިއެވެ.

މި ވައުދުތަކަކީ ރައީސްގެ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ އޯގާތެރި މުޖުތަމައުގެ ބައިގައި ހިމެނޭ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕުލޭނުކަމަށްވާ ހަފުތާ 14 ގައި ތަންފީޒުކުރުމަށް ހިމަނުއްވާފައިވާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button