ޚަބަރު

ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ނިންމައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން މިއަދު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ދީނީ ކަންކަމަށް އިސްކަންދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

”އިސްލާމީ އުސޫލުތައް ޤާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްކަމަށް [ރައީސް ޑރ.މުޢިއްޒު]ވަނީ ކަނޑައަޅުއްވާފައި،“ ޝަހީބު ވިދާޅުވިއެވެ.

ރަަމަޟާން މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމުގެ ވައުދަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button